twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ބޮޑުބެރު ޗެލެންޖުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

Jun 30, 2013

މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ހދ އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރު ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ކުޅުދުއްފުށި ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ މި ޗެލެންޖުގައި ހދ އަތޮޅުގެ ރަށްރަށުގެ ބޮޑުބެރު ގުރޫޕުތަކަށް ބައިވެރިވެވޭ ގޮތަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް ވިދާޅުވީ މި މުބާރާތަކީ ހދ އަތޮޅުގައި ޘަޤާފީ ކުޅިވަރުތައް ދިިރުވުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު ޖޫން 23 އިން ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ. އަދި 11 ޖުލައިގެ ނިޔަލަށް މި މުބާރާތުގެ ފޯމު ބަލައިގަންނާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓުމަހުގެ 8، 9 އަދި 10 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން މިދިޔަ އަހަރުވެސް ބޮޑުބެރު ޗެލެންޖުގެ ނަމުގައި މުބާރާތެއް ވަނީ ބާއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355