twitterviber whatsapp telegramfacebookyoutube instagram
11th May 2025

ރަމަޟާންމަހު ފިޔާ އަލުވި ބިސް ހުސްނުކޮށް ހެޔޮއަގުގައި ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: އެސްޓީއޯގެ ޗެއާމަން

Jul 3, 2013

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން މަސައްކަތް ކުރަމުންދަނީ އަންނަ ރަމަޟާން މަހު، ފިޔާ، އަލުވި އަދި ކުކުޅު ބިސް ހުސްނުކޮށް ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނީގެ ޗެއާމަން އަބްދުﷲ ފާއިޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނާ ވާހަކަ ދައްކަވަމުން ޗެއާމަން ފާއިޒު ވިދާޅުވީ އެސްޓީއޯއިން އަބަދުވެސް ބަލަމުންދަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި އެހެނިހެން ސަރަހައްދުތަކުގައި ރަމަޟާންމަހު ފިޔާ އަލުވި އަދި ބިސް ހުސްނުކޮށް ބެހެއްޓުމަށް ކަމަށާއި އެހެން ނަމަވެސް އެފަދަ ތަކެއްޗަކީ އަވަހަށް ހަލާކުވާ ތަކެތި ކަމަށްވާއިރު ގުދަންކޮށްފައި ބެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

ފާއިޒު އިތުރަށް ވިދާޅުވީ މޫސުން ރަނގަޅުނަމަ އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގެ ކަންކޮޅުތަކަށް ފިޔާ، އަލުވި އަދި ބިސް ހެޔޮއަގުގައި ހުއްޓުމަކަށްނައިސް ފޯރުކޮށްދެވޭނެ ކަމަށެވެ.

ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރުން ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ވިއްކަން ފަށާފައެވެ. މިގޮތުން ފިޔާ ބަސްތާއެއް 230ރ. ވިއްކާއިރު އަލުވި ބަސްތާއެއް ވިއްކަނީ 220ރ. އަށެވެ. އަދި ބިސްކޭހެއް އެ ސެންޓަރުން ވިއްކަމުން ދަނީ 290 ރުފިޔާ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355