twitterviber whatsapp telegramfacebookyoutube instagram
2nd June 2026

މަކުނުދޫއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

Jul 3, 2013

ހދ މަކުނުދޫއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

 އިއްޔެ ހެނދުނު “ފަރިމާ” ފެރީގެ އިންޖީނު ހުއްޓުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ނޮދަން އޭރިއާއަށް ލިބުމުން ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަގުތުން އެސަރަހައްދަށް ގޮސް އެ ދޯންޏަށް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އެ ދޯނިން ދަތުރުކުރި 18 މީހުން އިއްޔެ ހެނދުނު 09:30 ހާއިރު ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާ ކަމަށާއި، އެ ދޯނީގައި ތިބި މީހުންގެ ތެރެއިން 3 އަންހެނުންނާއި 2 ކުޑަކުދިންގެ ހާލު ދެރަކަމަށް އެމްއެންޑީއެފް ނޮދަން އޭރިއާއިން މައުލޫމާތު ދެއްވައެވެ. އެހެން ނަމަވެސް އިންޖީނު ހުއްޓެން ދިމާވި ސަބަބު އެމްއެންޑިފް އިން ހާމައެއް ނުކުރެއެވެ.

ފަރިމާ ފެރީއަކީ ޓްރައިނަސް ހޯލްޑިންގގެ ފެރީއެކެވެ. އެކުންފުނީގެ ފަރާތުން އެ ފެރީއިން ދަތުރުކުރި މީހުން ރޭ ކުޅުދުއްފުށިގައި ތިބުމާއި ކެއުމުގެ ހަރަދުވަނީ ދީފައެވެ. ފަރިމާ ފެރީން ދަތުރުކުރި އެންމެން މިހާރު ވަނީ މަކުނުދުއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355