ރިޔާސީ އިންތިހާބުގެ އޮފިޝަލުންނަށް ވުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.
އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމަށް އަލުން އިއުލާނުކޮށްފައިވަނީ ކުރިން އެ ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ. އިންތިހާބުގެ އޮފިޝަލުންނަށް ހުށަހަޅާ ފަރާތްތަކަކީ އުމުރުން 18 އަހަރުވެފައިވާ އަދި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރަމުން ނުދާ މީހަކަށް ވާން ވާނެ ކަމަށް އިއުލާނުގައިވެ އެވެ. އަދި .އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަގާމެއް ފުރަމުންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިނުވުން ލާޒިމުކުރެއެވެ
އޮފިޝަލުކަމަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައިޑީކާޑުގެ ކޮޕީ އާއިއެކު އެކޮމިޝަނަށް ނުވަރަ ކައުންސިލް އިދާރާތަކަށް ލެވޭނެ ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއްވައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ނިޔަލަށެވެ.