twitterviber whatsapp telegramfacebookyoutube instagram
9th July 2025

އަމީރު އަމީން ސްކޫލުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

Jul 9, 2013

އަމީރު އަމީން ސްކޫލުގެ 1434 ވަނަ އަހަރުގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި އެވެ.

މިއަދު ހެނދުނު އަފީފުއްދީން ސްކޫލް ހޯލުގައި އޮތް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގުރުއާން ކިޔަވައިދެއްވާ ބޭކަނބަލެއް ކަމަށްވާ ހދ ކުޅުދުއްފުށީ ނޫރަންގެ، ސުރިއްޔާ އިސްމާއީލެވެ. ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އަކުރުގެ މަހުރަޖުތައް ކިޔުމުގައި އިތުރަށް ދަރިވަރުން ފަރުވާތެރިވުމަށް ނަސޭހަތްތެރިވި އެވެ. އަދި ބައެއް ހާލަތް ތަކުގައި އަރަބި ބަހުން ބުނާ ބަހެއް މަހުރަޖު ބޭނުން ނުކުރުމުގެ ސަބަބުން އެ ބަހުގެ މާނަ މުޅިން ބަދަލުވާ ފަހަރުވެސް އަންނަކަން ފާހަގަ ކުރެއްވި އެވެ.

އަމީރު އަމީން ސްކޫލުގެ އެޑްމިނިސްޓްރޭޓަރ އައިޝަތު މުހައްމަދު ވިދާޅުވީ  މިމުބާރާތުގެ މަގުޞަދަކީ ކުދިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި އިތުރު ކުރުމާއި މިދާއިރާއިން  ކުރިއަށްދާނެ ޤާބިލް ކުދިން ތަކެއް އުފެއްދުން ކަމަށެވެ.

މި މުބާރާތުގައި އެންމެ މަތިން މާކްސް ހޯދި އެލްކޭޖީގެ 10 ދަރިވަރުންނަށާއި ޔޫކޭޖީގެ 11 ދަރިވަރުންނަށް އިއްޔެ ވަނީ އިނާމް ދީފައެވެ. އަދި މުބާރާތުގައި ބައިވެރިވި ކޮންމެ ދަރިވަރަކަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.

މުބާރާތުގައި 211 ދަރިވަރުން ވަނީ ކިޔަވާފައެވެ. އެއީ ޔޫކޭޖީގެ 85 ދަރިވަރުންނާއި އެލްކޭޖީގެ 82 ދަރިވަރުން އަދި ނާސަރީގެ 54 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355