twitterviber whatsapp telegramfacebookyoutube instagram
9th July 2025

ބީއެމްއެލް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން “ރޯދަ ވެދުން” ތަޢާރަފްކޮށްފި

Jul 9, 2013

ބޭންކް އޮފް މޯލްޑިވްސް އިން ރަމަޟާން މަހަށް ހާއްސަކޮށް “ރޯދަ ވެދުން” ގެ ނަމުގައި ޕްރޮމޯޝަނެއް ތަޢާރަފް ކޮށްފި އެވެ.

މި ޕްރޮމޯޝަން ގައި ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރި ކުރައްވާ ހުރިހާ ކަސްޓަމަރުން ބައިވެރި ކުރާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ. މިގޮތުން ކޮންމެ ދުވަހަކަށް ވެސް ގުރުއަތުން ހޮވޭ ކަސްޓަމަރަށް އެދުވަހެއްގައި އެ ކަސްޓަމަރެއް ކާޑު ބޭނުންކޮށްގެން ކުރެއްވި ވިޔަފާރީގެ ހަރަދު ބޭންކުން ރައްދު ކޮށްދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން ގުރުއަތުން ހޮވޭ ކޮންމެ ފަރާތަކަށް ވެސް 50 ހާހަށް ވުރެ ބޮޑުނުވާ އަދަދެއްގެ ރިފަންޑް ލިބޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން “ރޯދަ ވެދުން” ޕްރޮމޯޝަން ފެށޭނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެވެ. ކޮންމެ ހަފްތާއަކުވެސް ގުރުއަތުލުން ބާއްވާ ވޭތުވެދިޔަ ހަތްދުވަހުގެ ނަސީބުވެރި ފަރާތްތައް ގުރުއަތުން ނަގާނެ އެވެ.

“ރޯދަ ވެދުން” ތަޢާރަފް ކުރުމުގެ ގޮތުން ބޭންކުން ފުރަތަމަ ކުރިއަށް ގެންދިޔައީ އިޖުތިމާއީ ހަރަކާތެކެވެ. މިގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކޮށް ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ބޭންކުގެ މިވައްޒަފުން ވަނީ ރޯދަ ވެދުން އަރުވާފައި ކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355