twitterviber whatsapp telegramfacebookyoutube instagram
13th February 2026

ނޮޅިވަރަމް ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން އޮގަސްޓު 24ގައި

Jul 11, 2013

ހދ. ނޮޅިވަރަމް ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު  ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، ބާއްވާ މި ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ  ޖުލައި 11 ވާ ބުރާސްފަތި ދުވަހުން ފެށިގެން  ޖުލައި 24 ވާ ބުދަ ދުވަހާ ހަމަޔަށް ކުރިއަށްދާނެއެވެ. މި ބައި-އިލެކްޝަނުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް  ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އާ ހަމައަށް އަދި ރަސްމީ ބަންދު ދުވަސްދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 ން ހަވީރު 3:00 އަށް  އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

މި ބައި-އިލެކްޝަނަކީ ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ނާޒިމް ހުސްވި ޖޫން މަހުގެ 20 ވަނަ ދުވަހު ކައުންސިލުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކައުންސިލަށް މެމްބަރަކު ނެގުމަށް ބާއްވާ އިލެކްޝަނެކެވެ.

ނޮޅިވަރަމް ކައުންސިލްގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 5 މެމްބަރުންނެވެ. ނަމަވެސް އަލީނާޒިމް އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު ކައުންސިލުގައި ތިއްބެވީ 4 މެމްބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355