twitterviber whatsapp telegramfacebookyoutube instagram
20th May 2025

ވައިކަރަދޫ ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފި

Jul 11, 2013

ހދ ވައިކަރަދޫ ކައުންސިލުގެ ނައިބު ރައީސް އަބުދުﷲ ޝަރީފުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

ވައިކަރަދޫ ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި 3 މެމްބަރަކު ވޯޓް ދެއްވާފައިވަނީ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށެވެ. 1 މެމްބަރަކު ވޯޓްގައި ބައިވެރިވެފައެއް ނުވެއެވެ.

އެމްޑީޕީގެ 3 މެމްބަރުން ތިއްބަވާ ވައިކަރަދޫ ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް މިނެގީ ދާދީ ފަހުމް ޖުމުހޫރީ ޕާޓީއަށް ސޮއިކުރުމަށް ފަހު އަލުން އެމްޑީޕީ އަށް ބަދަލު ވެފައިވާ ދަނޑިވަޅެއްގައި އެވެ.

ކައުންސިލުގެ ނާއިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގިއިރު ކައުންސިލުގައި ހިމެނެނީ އެމް.ޑީ.ޕީ 4 މެމްބަރުންނާއި ޖުމުހޫރީ ޕާޓީގެ 1 މެމްބަރެވެ.

މަޢުލޫމާތު ލިބޭގޮތުގައި ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ ބައްދަލުވުމެއްގައި ނާއިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރެވޭނެ އެވެ. މިއަދު ހެނދުނު ނެގި މި ވޯޓު ނެގި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355