twitterviber whatsapp telegramfacebookyoutube instagram
13th February 2026

ކުޅުދުއްފުށީގައި ހަރަކާތްތެރިވާ އެމްޑީޕީގެ ކެމްޕެއިން ޓީމު ނޮޅިވަރަމަށް ޒިޔާރަތްކޮށްފި

Jul 13, 2013

ކުޅުދުއްފުށީގައި މިހާރު ހަރަކާތްތެރިވާ އެމްޑީޕީގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެކު އެ ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު އިއްޔެ ހދ. ނޮޅިވަރަމަށް ޒިޔާރަތްކޮށްފި އެވެ.

ކުޅުދުއްފުށީގައި އެޕާޓީން މިހާރު ކުރައްވާ ކެމްޕެއިން ހަރަކާތަކުގެ ތެރެއިން އިއްޔެ ވަނީ ހދ ނޮޅިވަރަމަށް ވަޑައިގެން އެޕާޓީ އަށް ތާއީދު ކުރާ ފަރާތަކާއި ބައްދަލު ކޮށްފައެވެ. އަދި އެމްޑީޕީގެ ނޮޅިވަރަމް ކެމްޕެއިން ޓީމާ ޗެއަރޕާސަން މޫސާ މަނިކު ބައްދަލު ކުރައްވާ ކެމްޕެއިންގެ ހަރަކާތްތައް އެރަށުގައި ކުރިއަށްދާ ގޮތް އޮޅުން ފިލުވާ ހެއްދެވި އެވެ.ލ

އެމްޑީޕީގެ މިދަތުރަކީ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރެއް ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

ނޮޅިވަރަމަށް ޗެއާރޕާސަން މިކުރެއްވި ދަތުރުގައި ކުޅުދުއްފުށީ ކެމްޕެއިން ޓީމު ބައިވެރިވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355