twitterviber whatsapp telegramfacebookyoutube instagram
1st September 2025

ކުޅުދުއްފުށީގައި މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

Jul 15, 2013

ކުޅުދުއްފުށީގައި މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ރަމަޟާން މަހުގެ 2 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ބަލައިގަންނާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ފިތުރު ޒަކާތް ދެއްކުމަށް އެދި ކައުންސިލް އިދާރާއިން ނެރެފައިވާ އިއުލާނުގައިވާ ގޮތުގައި ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާއްމުކޮށް ކައި އުޅުނު ހަނޑުލެއްގެ ބާވަތަށް ބަލައިގެން ކަމަށާއި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ މިންވަރަށްވާ ފައިސާއިން ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ފައިސާއިން މީހަކަށް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ ކަމަށާއި ތައިލެންޑު ހަނޑުލުން ނުވަތަ ބާސްމަތީ ހަނޑުލުންނަމަ 54 ރުފިޔާ އަދި ސުލްތާން ނުވަތަ ރަތްހަނޑުލުންނަމަަ 67 ރުފިޔާ ކަމަށާއި އެގެއެއްގައި އާއްމު ގޮތެއްގައި ފުށް ކެއުމުގައި ބޭނުންކުރާނަމަ ޒަކާތް ދައްކަންޖެހޭނީ އާދައިގެ ހަނޑުލުގެ ރޭޓުން ކަމަށް އެއިދާރާއިން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355