twitterviber whatsapp telegramfacebookyoutube instagram
9th April 2026

އެމްޑީޕީން ކުޅުދުއްފުށި ރީނދޫ ކުރުމުގެ ކެމްޕެއިން އެއް ކުރިއަށް ގެންދަނީ

Jul 16, 2013

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “އެއްބުރުން ކުޅުދުއްފުށީ ރީނދޫ ކުރުމުގެ ކެމްޕެއިން” ފެށިގެން ކުރިއަށް އެބަދެއެވެ.

އެއްބުރުން ކުޅުދުއްފުށި ރީނދޫ ކުރުމުގެ ކެމްޕެއިން މި ރަމްޟާން މަހު ފުރަތަމަ ދުވަހު ފައްޓަވައިދެއްވީ އެމްޑީޕީގެ ޗެއާރޕާސަން މޫސާ މަނިކެވެ.މިކެމްފެއިން ފައްޓަވައި ދެއްވަމުން އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު ވަނީ އަމަލީ ގޮތުން ގެތަކުގެ ބޭރު ފާރުތަކުގައި ރީނދޫ ކުލަ ލުމުގައި ބައިވެރިވެ ވަޑައިގަނެފައެވެ. އަދި މިހަރަކާތުގެ ތެރެއިން ކުޅުދުއްފުށީގެ ބަންޑާރަ މަގުގައި ދިދަ ފަތި ދަމާފައި ވެއެވެ.

ކުޅުދުއްފުށީ އެމްޑީޕީ ގޮފިން މައުލޫމާތު ދެއްވާ ގޮތުގައި ކުރިއަށް އޮތްތާގައި ކުޅުދުއްފުށީގެ ހުރިހާ މަގެއް ގައި ހެން ދިދަފަތި ދަމާ، ހުއްދަ ލިބޭވަރަކުން ގޭގެ ބޭރު ފާރުގައި ކުލަ ލަމުން ދާނެ އެވެ. އަދި ބޮޑެތި ޕޯސްޓަރ ފަދަ ކެމްޕެއިނާ ގުޅުން ހުރި ތަފާތު ބޯޑުތައް ރަށުގެ އެކި ސަރަހައްދުގައި ހަރުކުރަމުން ގެންދާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ފެށެން ދެ މަހަށް ވުރެ ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިޔާސީ ކެމްޕެއިން ވަރަށް ފޯރީގައި ވަނީ ފެށިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355