ރަމަޟާން މަހަށް ހާއްސަ ކޮށްގެން ދަރިވަރުންނަށް ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތަކެއް ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ފަށައިފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ހދ. އޭއީސީގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ ދީނީ ގޮތުންނާއި އަޚުލާގީ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދީ ނަސޭހަތް ދިނުމުގެ ސެޝަންތަކެއް އިއްޔެ އެ ސްކޫލުގައި ފަށާފައިވާ ކަމަށާއި މި ޕްރޮގްރާމު ކޮންމެ ހަފްތާއަކުވެސް ކުރިއަށްދާނެ ކަމަށެވެ. މިގޮތުން އިއްޔެގެ ސެޝަންގައި ކިޔަމަންތެރިކަން އަދާކުރުމުގެ މައްޗަށް ދަރިވަރުންނަށް ނަސޭހަތް ދެވިފައިވާކަމަށް ޒިޔާދު ޒިޔާދު ވިދާޅުވި އެވެ.
ސްކޫލުގެ ސެޝަން ނިމުމުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ސްކޫލުގެ ޖާގަ ހުރިގޮތުން އެކި ދުވަސްދުވަހު މައުލޫމާތު ދެނީ އެކި ގްރޭޑްތަކަށް ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ. ޒިޔާދު އިތުރަށް ވިދާޅުވީ ދަރިވަރުންނަށް ނަސޭހަތް ދެމުންގެންދާނީ އޭއީސީގެ އިތުރުން ކުޅުދުއްފުށީ ސްކޫލުތަކުގެ އިސްލާމް ޓީޗަރުންނާއި ކުދިންނަށް މިފަދަ މައުލޫމާތު ދެވޭނެ ފަރާތްތަކުންނެވެ.