twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ދޮޅު ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިނބީގައި ކުނި ކޮށްޓެއް ހަދައިފި

Jul 18, 2013

ހދ ކުރިނބީ ކައުންސިލުގެ ބަޖެޓުން ދޮޅު ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުނި ކޮށްޓެއް އެރަށުގައި ހަދައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ކުރނިބީ ކައުންސިލުގެ ރައީސް މުހައްމަދު އަފްރާހު ވިދާޅުވީ މި ކުނިކޮށީގެ މަސައްކަތް ނިންމާލެވުނީ ކުރިން ލަފާކުރި އަދަދަށްވުރެ ގިނަ ފައިސާ ހަރަދުވެގެން ކަމަށެވެ. ކުނި ކޮށްޓަށް ކައުންސިލުގެ ބަޖެޓުން 169770ރ. ހަރަދު ކޮށްފައިވެއެވެ.

ކުނިކޮށީގެ ބޭނުން ކުރަން ފެށުން ލަސްވަމުންދަނީ ކުނި އުކާލުމާއި ކުނި ނައްތާލާ ނިޒާމާ ބެހޭގޮތުން ކައުންސިލުން ތައްޔާރުކުރި ގަވާއިދުގެ ޑްރާފްޓަށް ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާތީ ކަމަށާއި އެގޮތުން އެފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށްވެސް އަފްރާހު ވިދާޅުވި އެވެ. އަދި މި ގަވާއިދު ގެޒެޓުގައި ޝާއިއު ކުރެވުނުހާ އަވަހަކަށް ކުނިކޮށީގެ ބޭނުން ކުރަން ފެށޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ކުނިކޮށި ހެދުމުގެ އެއްބަސްވުމަކީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެސްޓިމޭޓް އުޞޫލުން، އަމިއްލަ ތަކެތީގައި 65 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެއްބައްސްވެފައިވާ އެއްބަސްވުމެކެވެ. މި ކުނިކޮށްޓަކީ ޕްލާސްޓިކާއި، ދަނގަނޑު ފަަދަ ތަކެތި ވަކިން އުކާލާގޮތަށް ޕާޓިޝަން ޖަހާފައިވާ ކުނިކޮށްޓެކެވެ.

ކުރިނބީގައި މިހާރު ކުނި އުކާލުމަށް ޚާއްސަ ސަރަހައްދެއް ނެތުމުން ކުނީގެ މައްސަލަ ވަނީ އިޖްތިމާއީ މައްސަލައަކަށް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355