twitterviber whatsapp telegramfacebookyoutube instagram
13th February 2026

ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހު ހަމަވާނެ: ކުޅުދުއްފުށީ ކައުންސިލް

Jul 19, 2013

ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިމަހުގެ 23 ވަނަ ދުވަހު ހަމަވާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އިސްމާއިލް އިބްރާހިމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެފުރުޞަތު ހުޅުވިފައިވާ ކަމަށެވެ.

ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމުތައް ފުރުމަށް ފަހު ހުށަހަޅާ މިންވަރަކުން އެންޓާ ކުރަމުންދާ ކަމަށާއި މިދިޔަ އަހަރާ އަޅާބަލާއިރު ފަގީރުންގެ އަދަދު ދަށްވާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ. އަދި ފުރިހަމަ ލިސްޓު ތައްޔާރުކުރެވި ރަމަޟާން މަހުގެ 28 ނުވަތަ 29 ގައި ފިޠުރު ޒަކާތް އޭގެ ހައްގުވެރިންނަށް ދެމުން ގެންދާނެ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރަންބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފޯމު ރަސްމީ ކޮންމެ ދުވަހަކުވެސް  އެއިދާރާއިން ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.

މިދިޔަ އަހަރު ކުޅުދުއްފުށީގައި ފަގީރުންގެ ގޮތުގައި 1342 މީހަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355