twitterviber whatsapp telegramfacebookyoutube instagram
12th May 2025

ކުޅުދުއްފުށީގައި އަޅާ ގެތަކުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ވަނީ ނިމިފަ: އޯޕީޕީ

Jul 21, 2013

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީގައި އަޅާ ގެތަކުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރެޖެކްޓްސް (އޯޕީޕީ)އިން ހާމަކޮށްފި އެވެ.

މިގޮތުން ކުޅުދުއްފުށި ހިއްކިބިމުގައި އަޅާ 100 ފްލެޓްގެ ކޮންކުރީޓްގެ މަސައްކަތާއި ދަގަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާއިރު ރޭނުމާއި ކުލަލުމުގެ އިތުރުން ދޮރު ހަރުކުރުމުގެ 23 އިންސައްތަ ނިމިފައިވާ ކަމަށް އޯޕީޕީން ހާމަކުރެއެވެ. އަދި ތަނުގައި ކުރަންޖެހޭ ލަކުޑީގެ މަސައްކަތުގެ 3 ބައިކުޅަ އެއްބައި ނިންމާލެވިފައި ކަމަށާއި އެހެންކަމުން މިހާރު ނިމިފައިވަނީ މުޅި މި ޕްރޮޖެކްޓުގެ 40 އިންސައްތަ ކަމަށްވެސް އޯޕީޕީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ހަސަނާތު މިސްކިތުގެ އިރުމަތީގައި އަޅާ 100 ގޯތީގެ ކުލަލުމާއި ދޮރު ހަރުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި ލަކުޑީގެ މަސައްކަތް ތަކުގެ ތެރެއިން 87 އިންސައްތަ ނިމިފައިވާ ކަމަށް އޯޕީޕީން މައުލޫމާތު ދެއެވެ. އެހެން ކަމުން އެސަރަހައްދުތަކުގައި އަޅާ ގެތަކުގެ ޖުމްލަ 75 އިންސައްތަ މިހާރު ނިންމާލެވިފައިވާ ކަމަަށްވެސް އެފަރާތުން ހާމަކުރެއެވެ.

ކުޅުދުއްފުށީގައި އަޅަމުންގެންދާ ގެތަކުގެ ތެރެއިން އެޗްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގެތަކުގެ ބޮޑު ބައެއް ނިމިފައިވާއިރު، އަދި ކުޅުދުއްފުށީގައި އަޅާ އެއްވެސް ފްލެޓެއް ނުވަތަ ރޯ ހައުސްއެއްވެސް މުޅިން ނިމި ބޭނުން ކުރަން ފަށާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355