twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ޑައިލިސިސް ސެންޓަރުގެ ޚިދުމަތް ވަރަށް އަވަހަށް ދޭން ފަށާނެ: ކުޅުދުއްފުށީ ހޮސްޕިޓަލް

Jul 22, 2013

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކިޑްނީ ބަލިތަކަށް ފަރުވާދޭ ޑައިލިސިސް ސެންޓަރުގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުގެ އެކްޓިން ޑެޕިއުޓީ މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ ޚިދުމަތް ނުދެވި ލަސްވެފައިވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް މިހާރު ޚިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ނިންމާ އަވަސް މުސްތަގުބަލެއްގައި ޚިދުމަތް ދެވޭނެ ކަމަށެވެ.

ހިދުމަތް ދިނުން ލަސްވެފައިވަނީ ސެންޓަރަށް ބޭނުންވާ ބައެއް ތަކެތި ލިބުމުގައި ދިމާވި ބައެއް ދަތިތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާތަނަށް އެ ސެންޓަރުން ޑައިލިސިސް ހަދަން ބޭނުންވެގެން އެއްވެސް ޕޭޝަންޓަކު އައިސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސެންޓަރުގައި ޑައިލިސިސް 2 މެޝިނާއި މަސައްކަތް ކުރާނެ މުވައްޒަފުން އައިޖީއެމްއެޗުން ތަމްރީނުވެގެން އައިސްފައިވާ ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމު ކުރެވިފައިވާ ކިޑްނީ ބަލިތަކަށް ފަރުވާދޭ ޑައިލިސިސް ސެންޓަރު ރަސްމީކޮށް ހުޅުވާފައިވަނީ މިއަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހު ރައީސް ވަހީދު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355