twitterviber whatsapp telegramfacebookyoutube instagram
12th May 2025

ވަތަނިއްޔާ ރަމަޟާން ސަޕްރައިޒްގައި މިހާތަނަށް 11 ފަރާތަކަށް އައިފޯން 5 ލިބިއްޖެ

Jul 23, 2013

ވަތަނިއްޔާ ރަމަޟާން ސަޕްރައިޒްގައި މިހާތަނަށް 11 ފަރާތަކަށް އައިފޯން 5 ލިބިފައިވާކަމަށް ވަތަނިއްޔާއިން ހާމަކޮށްފި އެވެ.

“ރަމަޟާން ސަޕްރައިޒް” ޕްރޮމޯޝަންގައި މިހާތަނަށް 11 ކަސްޓަމަރަކަށް އައިފޯން 5 ލިބިފައިވާއިރު ހިލޭ ކްރެޑިޓާއި ލިވްއަންލިމިޓެޑް ކާޑު އެތަށްހާސް ބަޔަކަށް ލިބިފައިވާކަމަށް ވަތަނިއްޔާއިން ހާމަކުރެއެވެ.

މި “ރަމަޟާން ސަޕްރައިޒް” ޕްރޮމޯޝަނުގައި *999#  އަށް ގުޅައިގެން ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ ކްރެޑިޓް، ލިވްއަންލިމިޓެޑް ވޯޗަރސް، އެޕަލް އައިފޯން 5 އަދި އެތައް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރަޞަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮމޯޝަންގައި ޑަބްލިއު ޕްރިޕެއިޑާއި ޑަބްލިއު މިކްސްގެ އިތުރުން އެމްވީޕީއެން ޕްރީޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް ވެސް ވަތަނިއްޔާ އިން މައުލޫމާތުދެއެވެ.

މި ރަމަޟާންމަހު ކުރިއަށްގެންދާ ޕްރޮމޯޝަންގައި ވަތަނިއްޔާގެ ނަންބަރުތަކަށް 50ރ. ގެ ލޯކަލް ކޮށްގެން 3 ލައްކައަށްވުރެ އަގުހުރި އިނާމު ލިބޭނެ ކަމަށާއި ކޯލް އެންޑް ވިން ޕްރޮމޯޝަނުގައި އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި އެކްސްޒޯނުގެ ފަރާތުން 140000ރ. އަގުހުރި ޔަމަހާ ޖުޕިޓަރ ސައިކަލެއް އަދި އަލޯރާގެ ފަރާތުން 50000ރ. ގެ ގިފްޓް ވޯޗަރެއް ދޭނެކަމަށް ވަތަނިއްޔާއިން ހާމަކުރެއެވެ. އަދި މީގެ އިތުރުން ކޮންމެ ހަފުތާއަކު ހޮވާލެވޭ ދެ ކަސްޓަމަރުންނަށް ރީފްސައިޑުގެ ފަރާތުން ސޮނީ އެކްސްޕީރިއާ ޒެޑް ފޯނެއް ލިބޭނެކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.

މި ރޯދަމަހު ވަތަނިއްޔާއިން ކުރިއަށް ގެންދާ ބޯނަސް ރިޗާޖް ޕްރޮމޯޝަނުގައި ހަފުތާ ބަންދު ދުވަސްތަކުގައި ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން ރީޗާރޖު އަދި ރާސްޓަސް ކޮށްގެން 25 އިންސައްތަ ބޯނަސް ކްރެޑިޓް  ލިބެއެވެ. އަދި ވަތަނިއްޔާގެ ނަންބަރުތަކުން ކުރާ އައިޑީޑީ ކޯލްތަކުގެ ފުރަތަމަ 3 މިނެޓަށްފަހު ލޯވެސްޓް އައިޑީޑީ މެދުވެރިކޮށް 20 އިންސައްތަ ޑިސްކައުންޓެއް ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355