twitterviber whatsapp telegramfacebookyoutube instagram
26th October 2025

ކުޅުދުއްފުށީ ގެއަކުން ވައްކަންކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

Jul 24, 2013

ކުޅުދުއްފުށީ ގެއަކުން ވައްކަންކުރި މައްސަލައެއްގައި ކުޅުދުއްފުށީ، ޖަވާހިރުމާގެ އަލީ މުހައްމަދު (20އ) ގެ މައްޗަށް ދައުވާ ކުރުމަށް ޕުރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އަލީ މުހައްމަދުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކުޅުދުއްފުށީ ގެއަކަށް ވަދެ އެގޭތެރޭގައި ހުރި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައާ ގުޅިގެން ކަމަށެވެ.

އެގޭތެރޭގައި ހުރި 2 ލެޕްޓޮޕާއި ސީޑީ ޕްލޭޔަރަކާއި އެއަރޓެލް ރިސީވަރަކާއި 2 ކެމެރާއާއި އެކްސްޓާރނަލް އަދި އިންޓާރނަލް ހާރޑް ޑިސްކެއްގެ އިތުރުންވެސް ގިނައަދަދެއްގެ އިލެކްޓްރޯނިކްސް ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355