twitterviber whatsapp telegramfacebookyoutube instagram
13th February 2026

ކުޅުދުއްފުށީގައި ޕީޕީއެމްގެ ޖަގަހައެއް އެޅުމުގެ މަސައްކަތް ފަށައިފި

Jul 27, 2013

ކުޅުދުއްފުށީގައި ޕީޕީއެމްގެ ޖަގަހައެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ޕީޕީއެމް ކުޅުދުއްފުށީ އަސުރުމާ ގޮފީގެ ރައީސް މުހައްމަދު އަލީ ވިދާޅުވީ ކުޅުދުއްފުށީގައި އަޅާ މިޖަގަހައިގެ މަސައްކަތް ނިންމާ ރޯދަމަސް ނިމޭހާތާގައި ހުޅުވޭވަރު ވާނެ ކަމަށާއި ޖަގަހަ ހުޅުވާނީ ބޮޑު ރަސްމިއްޔާތަކުން ކަމަށެވެ.

ކުޅުދުއްފުށީ “ދިހާރަގޭ”ގައި އަޅާ މި ޖަގަހައަށް އެޕާޓީން 30 ހާސް ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

ކުޅުދުއްފުށީގައި މީގެ ކުރީގައި ވެސް ޕީޕީއެމްގެ ޖަގަހައެއް އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެޕާޓީގެ ކުރީގެ މެމްބަރު އުމަރު ނަސީރު ޕާޓީން ވަކިކުރުމުން، ކުޅުދުއްފުށީގައި އޭރު އަޅަން ފެށި ޖަގަހައިގެ މަސައްކަތައް ވަނީ ހުއްޓިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355