ކުޅުދުއްފުށީގައި ކުއަންޓަމް ފިހާރައިން އިންތިޒާމު ކޮށްގެން ފީފާ 2013 ގޭމިން މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.
ކުޅުދުއްފުށީގައި ކޮމްޕިއުޓަރާއި ލެޕްޓޮޕް އަދި އެލެކްޓްރޯނިކް ސާމާނު ވިއްކާ އަދި މަރާމާތުކޮށްދޭ ކުއަންޓަމް އިން މަޢުލޫމާތު ދިން ގޮތުގައި “ކުއަންޓަމް ފީފާ ކިންގް – ކުޅުދުއްފުށި 2013” ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް އޮންނާނީ މިހިނގާ ރަމަޟާން މަސް ނިމުމުގެ ކުރިން، އޮގަސްޓް 4 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.
ސްޓޭޑިއަމްގައި މުބާރާތް އޮންނައިރު ބަލަން އަންނަ މީހުންނަށް ފެންނާނެހެން ބޮޑު ސްކްރީނުން މެޗުތައް ދައްކާނެ ކަމަށް ކުއަންޓަމް އިން ބުނެއެވެ. މުބާރާތް ކުޅެވޭނީ ފީފީ 2013 ޕީސީ ވާރޝަން އިން ކަމަށާއި ނަމަވެސް ބޭނުން ކުރާނީ ޕްލޭސްޓޭޝަންގެ ޖޮއިސްޓިކް ކަމަށް ކުއަންޓަމް އިން ބުނެއެވެ. އަދި މުބާރާތުގައި ކުޅުމަށް އަމިއްލަ ޖޮއިސްޓިކް ގެނެސްގެން ވެސް ބޭނުން ކުރެވިދާނެ އެވެ.
މިމުބާރާތް ކުރިއަށް ދާނީ ފީފާ 2013 ގައި ހިމެނޭ ކްލަބްތައް ބޭނުން ކޮށްގެން ބައިވެރިވާ ކޮންމެ ގޭމާއަކަށް ވެސް އެގޭމާއެއް އިހުތިޔާރު ކުރާ ކްލަބެއް ނެގޭ ގޮތަށެވެ. އަދި ނޮކްއުޓް އުސޫލުން މުބާރާތް ކުރިއަށް ގެންދާއިރު ގަދަ ހަތަރަކަށާއި ރަނަރއަޕް އަދި ޗެމްޕިއަން ގޭމާ އަށް އިނާމުތައް ވަނީ ހުށަހެޅިފައެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބައިވެރިވުން ހިލޭ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުއަންޓަމް ފިހާރާއިގެ ނަންބަރު 6528687 އަށް ގުޅުމަށްފަހު އޮގަސްޓް 1 ވަނަ ދުވަހުގެ ރޭ 10 ގެ ކުރިން ނަންނޯޓު ކުރަން ޖެހެއެވެ.
މުބާރާތުގެ އިތުރު މަޢުލޫމާތު ކުއަންޓަމްގެ ފޭސްބުކް ޕޭޖުން ވެސް ލިބޭނެ ކަމަށް އެފަރާތުން ބުނެއެވެ.