twitterviber whatsapp telegramfacebookyoutube instagram
27th September 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން ކިޔެވުމުގެ މުބާރާތް ނިމިއްޖެ

Jul 28, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ތުއްތު ކުދިންގެ ގުރުއާން ކިޔެވުމުގެ މުބާރާތް  މިއަދު ނިމިއްޖެ އެވެ.

ރަމަޟާން މަހުގެ ދުވަސްތައް އިހްޔާކުރުމާއި އެދުވަސް ތައް ހެޔޮގޮތުގައި ބޭނުން ކުރުމުގެ މަގުޞަދު ގައި ކުރިއަށް ގެންދިޔަ މިމުބާރާތަކީ ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުން އަދި ގައުމީ ފެންވަރުގައި ހިތުންކިޔެވުމުގެ ގޮފިން ދަރިވަރުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށް މިމުބާރާތުގެ ކޯޑިނޭޓަރ އިބުރާހިމް ހަސަން މަޢުލޫމާތު ދެއެވެ.

މިމަހު 26 އަދި 27 މިދެދުވަހު އެސްކޫލު ހޯލުގައި ކުރިއަށްދި މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ހަމައެކަނި ނުބަލާ ކިޔެވުމުގެ ގޮތްޕަށެވެ. 8 އުމުރު ފުރާ އަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ކިޔަވާފައި ވަނީ 5 އަހަރުން ދަށާއި 6 އަހަރުން ދަށް، 7 އަހަރުން ދަށް،8 އަހަރުން ދަށް އަދި ނުވަ އަހަރާއި ދިހަ އަހަރުން ދަށުގެ އިތުރުން 11 އަހަރުން ދަށެވެ. ސްކޫލުން ބުނީ 10 އަހަރުން ދަށުގެ ހުރިހާ އުމުރު ފުރާއެއްގެ ހުރިހާ ދަރިވަރުންނަށް ގުރުއާނުގެ އެންމެ ތިރީ 2 ފޮތް މިހާރު ހިތުން އެނގޭނެ ކަމަށެވެ.

119 ދަރިވަރުން ވަނީ މި ގުރުއާން މުބާރާތުގައި ބައިވެރިވެފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި މި މުބާރާތުގެ ނަތީޖާ ފާޅު ކުރެވޭނެ ކަމަށް ސުކޫލުން މައުލޫމާތު ދެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293