twitterviber whatsapp telegramfacebookyoutube instagram
10th April 2026

ވަތަނިއްޔާ އިން ރީޗާޖް އެންޑް ވިން ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

Jul 27, 2013

މުވާސަލާތީ ކުންފުނި ވަތަނިއްޔާ އިން ރީޗާޖް އެންޑް ވިން ގެ ނަމުގައި ކޮންމެ ހަފްތާއަކު ސޮނީ ބްރާވިއާ ޓީވީއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޕްރީޕެއިޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕްރީޕެއިޑް ބްރޯޑްބޭންޑް ކަސްޓަމަރުން މަދުވެގެން 200 ރުފިޔާ ޚަރަދު ކުރެއްވުމުން ގުރުއަތުލުމުގައި ބައިވެރިވެ ވެއެވެ. އަދި ކޮންމެ ހަފްތާއަކު ހޮވާލެވޭ އެއް ކަސްޓަމަރަކަށް 40 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖުލައި 22 އިން ފެށިގެން އޯގަސްޓް 18 ގެ ނިޔަލަށެވެ.

ވަތަނިއްޔާއިން މި ރަމަޟާން މަހަށް ހާއްސަކޮށްގެން ގިނަ ޕްރޮމޯޝަން ތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި “ކޯލް އެންޑް ވިން” ޕްރޮމޯޝަން ގައި ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ރުފިޔާ ލޯކަލް ކޯލަށް ހޭދަކުރައްވައިގެން 300،000 ރުފިޔާ އަށް ވުރެ އަގުހުރި އެތައް އިނާމެއް ގުރުއަތުން ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައި ފައެވެ. މި ޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި ޔަމަހާ ޖުޕިޓަރ ދެ ސައިކަލާއި އަލޯރާގެ 50،000 ރުފިޔާގެ ގިފް ވޯޗައެއް ހިމެނެއެވެ. އަދި ސޮނީ އެކްސްޕީރިއާ ފޯނު ވެސް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ވަތަނިއްޔާއިން މަޢުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355