twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމަށް މުއްދަތު ހަމަވާން 11 ދުވަހަށް ވީއިރު ރަޖިސްޓަރ ކުރީ 11000 މީހުން

Jul 28, 2013

ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމަށް މުއްދަތު ހަމަވާން 11 ދުވަހަށް ވީއިރު ރެޖިސްޓަރ ކޮށްފައިވަނީ އެންމެ އެގާރަ ހާސް މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަނުން ބުނީ އަލުން ރަޖިސްޓްރީ ކުރަން ޖެހޭ 60،000-65،000 ދެމެދުގެ މީހުން ތިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާއިރު އަދިވެސް ގާތްގަނޑަކަށް 40،000 މީހުން އެކަން ނުކޮށް ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރަޖިސްޓްރީ ކުރުމަށް ފޯމުތައް ހުށަހަޅާއިރު އެއާ އެކު އެކިއެކި މައްސަލަތައް ދިމާވެގެން ކެންސަލް ކުރާ ފޯމުތަކުގެ އަދަދުގެ ވަރަށް ގިނަ ކަމަށާއި އެ ފޯމުގައި ފުރަން ކަނޑައަޅާފައިވާ އެންމެ މައުލޫމާތެއް ފުރިހަމަ ކޮށްފައި ނެތަސް ފޯމު ކެންސަލް ކުރާނެ ކަމަށްވެސް އިލެކްޝަނުން ހާމަކުރެއެވެ. މިގޮތުން އައިޑީ ކާޑުގެ ނަމްބަރާއި އެޑްރެސް ދިމާނުވުން ފަދަ މައްސަލަތައް ވަރަށް ގިނައިން ކުރިމަތިވާ ކަމަށާއި އެކަންކަން ހައްލުކުރެވޭނީ އެ މީހަކު އަމިއްލަ އަށް ފޯމުތައް ހިފައިގެން ގޮސްގެން ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ރަޖިސްޓްރީ ކުރުމަށް ކޮންމެ ގައުމެއްގެ އެމްބަސީ އަށް ވެސް އެހެން ގައުމުތަކުގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރޭޝަން ފޯމު ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި އީމެއިލާއި ފެކްސް މެދުވެރިކޮށް ފޯމު ހުށަހަޅާ ނަމަ އެއީ ކާކުކަން ދެނެގަތުމުގައި މައްސަލަތައް ދިމާވާނެތީ އެގޮތަށް އަމަލު ނުކުރާ ކަމަށްވެސް ހާމަކުރެއެވެ.

ފަހަކަށް އައިސް ސިޔާސީ ޕާޓީތައް މެދުވެރިކޮށް ފޯމު ފުރާފައި އިލެކްޝަންސް ކޮމިޝަނަށް ލުމުގެ ކެމްޕޭނެއް ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދާއިރު ފަހުން ދިމާވާ މައްސަލަތައް ހައްލުކުރުމަކީ އިލެކްޝަންސް އިން ރާވާފައިވާ ގޮތަށް ބަލާއިރު ދަތި ކަމެއް ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355