twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކުޅުދުއްފުށީ އޮންލައިން ޓީމާއެކު އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފި

Jul 28, 2013

 

އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކަވަރުކުރުމުގައި ކުޅުދުއްފުށި އޮންލައިންގެ ނިއުސް ޓީމާ ގުޅިގެން ހަރަކާތްތެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

މިގޮތުން އިލެކްޝަން މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް 5 ފަރާތަކަށް ވަނީ ފުރުސަތު ހުޅުވިފައެވެ.

އިލެކްޝަން މޮނިޓަރުން މަސައްކަތް ކުރަން ޖެހޭނީ ރިޔާސީ އިންތިހާބު އޮންނަ ދުވަހު، ވޯޓުލާން ފެށުނީއްސުރެ ވޯޓު ގުނާ ވަގުތީ ނަތީޖާ އިއުލާން ކުރަންދެންނެވެ. ކުޅުދުއްފުށީ އޮންލައިން ޓީމާއެކު މަސައްކަތް ކުރާ މޮނިޓަރުންނަށް އެލަވަންސަކާއި ހަނދާނީ ލިޔުމެއް ދެވޭނެ އެވެ.

އިލެކްޝަން މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކުން 7978355 ނުވަތަ 6528355 އާ ގުޅުއްވާ ޖުލައި 30 ވާ އަންގާރަ ދުވަހުގެ މެންދުރު 12 ގެ ކުރިން ނަން ނޯޓު ކުރެއްވުން އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355