twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކުޅުދުއްފުށިން އަނެއްކާވެސް ބިސް ހުސްވެއްޖެ

Jul 28, 2013

ރަމަޟާން މަސް ފެށެންވާއިރަށް ކުޅުދުއްފުށިން ބިސް ހުސްވެގެން ގެނައި ބިހުގެ ސްޓޮކް އަނެއްކާވެސް ހުސްވެއްޖެ އެވެ.

ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރުގައި އެންމެ ފަހުން ހުރި ބިސްކޭސްތައް މިއަދު ވަނީ ގެއަކަށް ކޭހެއްގެ ރޭޓުން ވިއްކާ ހުސްވެފައެވެ. މިގޮތުން މިއަދު ހެނދުނު ބިސް ހޯދުމަށްޓަކައި އެ ސެންޓަރު ކައިރީގައި ވަނީ ކިޔު ހަދާފައެވެ. އެހެން ނަމަވެސް ކިޔު ހަދާފައިވާ އެންމެންނަށް ބިސް ހުސްވުމުގެ ސަބަބުން ވަނީ ލިބޭގޮތް ނުވެފައެވެ.

އެސްޓީއޯ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރުން ހާމަކުރާގޮތުގައި އެސެންޓަރަށް ދެން ބިސް އަންނާނެ ތާރީޚެއް ދަންނަވަން ދައްޗެވެ. އެހެން ނަމަވެސް އެސެންޓަރުގައި ފިޔާ އަދި އަލުވި ބަސްތާ ލިބެންހުރި ކަމަށް ހާމަކުރެއެވެ. ރޯދަމަހާ ދިމާކޮށް ކުޅުދުއްފުއްޓަށް އެސްޓީއޯއިން 1100 ކޭސް ބިސް ވަނީ ގެނެސް ވިއްކާފަ އެވެ.

ކުޅުދުއްފުށީގައި ހޯލްސޭލްކޮށް ވިޔަފާރިކުރާ ފިހާރަތަކުން ވެސް ބިސް ހުސްވެފައިވާ ކަމަށާއި އެހެން ނަމަވެސް ބައެއް ފިހާރަ ތަކުގައި މަދުން އަލުވި ފިޔާ ލިބެން ހުރި ކަމަށް ހާމަކުރެއެވެ. އަދި ބިސް ލިބޭނެ ވަކި ދުވަހެއް ބުނަން އުނދަގޫ ކަމަށްވެސް އެފިހާރަތަކުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ 3 އަތޮޅުގެ މީހުން ވިޔަފާރިކުރުމަށް އަންނަ ރަށެކެވެ. ރޯދަމަހާ ދިމާކޮށް ބައެއް ތަކެތި ހުސްވެފައިވާއިރު ކުޅުދުއްފުށީގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355