twitterviber whatsapp telegramfacebookyoutube instagram
10th April 2026

ރައީސް ނަޝީދުގެ ކެންޑިޑެސީ ކަށަވަރު ވުމުގެ އުފަލުގައި ކުޅުދުއްފުށީގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި

Jul 29, 2013

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ކެންޑިޑެސީ ކަށަވަރު ވުމުގެ އުފަލުގައި އެމްޑީޕީން ކުޅުދުއްފުށީގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށީ އެމްޑީޕީ ޒުވާނުގެ ގޮފިން އިސްނަގައިގެން ރޭ ބަންޑާރަ މައިދާނުގައި ބޭއްވި މިހަރަކާތުގައި ވަނީ ބާބަކިއުއެއް ބާއްވާފައެވެ. އަދި ބާބަކިއު ކުރިއަށްދިޔަ ވަގުތުގައި ދައްސޫރަ ބޮޑުބެރު ގުރޫޕްގެ ލަވަ ތައް ވަނީ ކުޅެމުން ގެންގޮސްފައެވެ.

ކުޅުދުއްފުށީ އެމްޑީޕީ ޒުވާނުން ގޮފިން މައުލޫމާތު ދޭގޮތުގައި ރޭގެ އެހަފްލާގައި ވަނީ ގިނަ ބަޔަކު ބައިވެރިވެފައެވެ. އަދި އެގޮފިން އިސްނަގައިގެން ކުޑަ އީދު ގައި ހަރަކާތް ތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކުޅުދުއްފުށީގައި ރިޔާސި އިންތިހާބަށް އެންމެ ފޯރިއާއެކު ކެމްޕެއިން ކުރަމުން ދަނީ އެމްޑީޕީއެވެ. އެގޮތުން މަގު ތަކުގައި ދިދަ ދެމުމާއި ބިލް ބޯޑު ހަރުކުރުން އަދި ގޭގޭ ފާރުގައި ކުލަލުން ފަދަ ހަރަކަތް ތައް ދަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355