twitterviber whatsapp telegramfacebookyoutube instagram
10th April 2026

ޕީޕީއެމްގެ ރަނިންމޭޓް ޖަމީލް ހދ އަށް ވަޑައިގެންފި

Jul 30, 2013

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސް (ޕީޕީއެމް) ގެ ރަނިންމޭޓް ޑރ މުހައްމަދު ޖަމީލް އަހުމަދު ހދ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ޑރ ޖަމީލްގެ މިދަތުރުފުޅުގައި ހދ ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުތަކަކީ ޕީޕީއެމްގެ ސިޔާސަތު ތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި އެޕާޓީގެ މެނިފެސްޓޯ ރައްޔިތުންނަށް އިއްވައިދިނުމަށް ކުރައްވާ ދަތުރުތަކެއްކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

ޕީޕީއެމްގެ ރަނިންމޭޓް މިއަދު ވަޑައިގެންނެވީ ހަނިމާދޫ އަށެވެ. އަދި ހަނިމާދޫގެ ޒުވާނުންނާއި ޖަމިއްޔާ ތަކާއި ޑރ ޖަމީލް ވަނީ ބައްދަލު ކުރައްވާފައެވެ. އެއަށް ފަހު މިއަދު ހަވީރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މަކުނުދޫ އަށެވެ. އަދި މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޭކުރަންދޫ، ވައިކަރަދޫ، ކުމުންދޫ އަދި ކުޅުދުއްފުއްޓަށެވެ. ބުރާސްފަތި ދުވަހު ކުރިނބީ، ނެލައިދޫ، ނާވައިދޫ، ހިރިމަދޫ އަދި ނޮޅިވަރަންފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހުކުރު ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮޅިވަރަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355