twitterviber whatsapp telegramfacebookyoutube instagram
13th February 2026

އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާނީ ޖުމްހޫރީ ކޯލިޝަނުން: ގާސިމް

Jul 30, 2013

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާނީ ޖުމްހޫރީ ކޯލިޝަނުންކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ މެމްބަރުންގެ އަދަދު 50،000 އަށް މިހާރު އަރާ ކަމަށާއި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ހާލަތެއްގައި ވެސް އެންމެ ކުރީގައި އޮވެގެން، ދެ ވަނަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާ ބޭފުޅުން ނާއުއްމީދު ވިޔަ ނުދެއްވާނެ ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށްވެސް ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީއާ އެކި ބޭފުޅުން ގުޅިވަޑައިގަތީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި އެކަން ކުރައްވަނީ ތަރައްގީ އާއި ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި އެ ބޭފުޅުން ޖުމްހޫރީ ގުޅުމުގެ ފަހަތަށް ވަޑައިގަތީ ގައުމު އަމާން ބަނދަރަކަށް ގެންގޮސްދީ، އިސްލާމްދީން ދަމަހައްޓައި ނެގެހެއްޓުމަށް ކަން ގާސިމް ފާހަގަ ކުރެއްވިއެވެ.

ރޭގެ ޖަލްސާގައި އެކޯލިޝަނާއި އަލަށް ގުޅުނު އުމަރު ނަސީރާއި ކޯލިޝަންގެ ސަޕޯޓަރުން ވަނީ ވާހަކަދައްކާފައެވެ. އަދި އިދިކޮޅު އެމްޑީޕީ އަށާއި ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355