twitterviber whatsapp telegramfacebookyoutube instagram
2nd June 2026

މަރުވެފައި އޮތް ކޯމަހެއް ކުޅުދުއްފުއްޓަށް ލައްގައިފި

Jul 31, 2013

ހދ ކުޅުދުއްފުއްޓަށް މަރުވެފައި އޮތް ކޯމަހެއް ލައްގައިފި އެވެ.

މިކޯމަސް ލައްގާފައިވަނީ ކުޅުދުއްފުށީ އުތުރުކޮޅު އޮޑިހަރުގެތަކާ ދިމާ އުތުރަށް ބޮޑަވަކި މަގާ ދިމާ މޫދަށެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި ލައްގާފައިވާ ކަމަށް ބެލެވޭ މިކޯމަހުގައި ގާތްގަނޑަކަށް 4 ފޫޓު ހުއްޓެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ މަރުވެފައި އޮތް ކޯމަހެއް ލައްގާފައިވާ ކަމުގެ މައުލޫމާތު ފުލުހުން މެދުވެރިކޮށް އިއްޔެ ލިބިފައިވާ ކަމަށާއި އެކޯމަސް ރައްކާތެރި ގޮތެއްގައި ނައްތާލުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ކައުންސިލް އިދާރާއިން ވަނީ ކުޅުދުއްފުއްޓަށް ލެއްގި ކޯމަސް ރޭގެ ވަގުތެއްގައި ނައްތާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355