twitterviber whatsapp telegramfacebookyoutube instagram
11th August 2026

ޕީޕީއެމްގެ ޖަގަހައެއް ހދ މަކުނުދޫގައި ހުޅުވައިފި

Jul 31, 2013

ޕްރޮގްރެސިވް ފާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޖަގަހައެއް ހދ މަކުނުދޫގައި މިއަދު ހުޅުވައިފި އެވެ.

މިޖަގަހަ ހުޅުވައި ދެއްވީ މިއަދު ހަވީރު ޕީޕީއެމްގެ ރަނިންމޭޓް ޑރ މުހައްމަދު ޖަމީލު އަހުމަދެވެ. މިޖަގަހަ ހުޅުވުމުގެ ހަފްލާއަށް އެޕާޓީއަށް ތާއީދު ކުރާ އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި މިރޭ 10 ޖަހާއިރު އެޖަގަހަގައި ޖަލްސާ އެއް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޕީއެމްގެ ރަނިންމޭޓް ޑރ ޖަމީލް މިހާރު ހދ ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި މަކުނުދޫ އަށް ވަޑައިގަތީ  މިއަދު ހަވީރުއެވެ. ޖަމީލުގެ މިދަތުރުގައި ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. އަދި ކުޅުދުއްފުށީގެ އިތުރުން ޑރ ޖަމީލު މާދަމާ ނޭކުރެންދޫ، ވައިކަރަދޫ، އަދި ކުމުންދޫ އަށް ވަޑައިގަންނަވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355