twitterviber whatsapp telegramfacebookyoutube instagram
11th August 2026

ބިރުދައްކައިގެން ގަދަކަމުން އަންހެން ކުއްޖަކާމެދު ބަދުއަޚްލާޤީ އަމަލު ހިންގި 4 މީހެއްގެ މައްސަލައެއް ޕީޖީއަށް ފޮނުވައިފި

Aug 1, 2013

ހއ. އިހަވަންދޫގައި ބިރުދައްކައިގެން ގަދަކަމުން އަންހެން ކުއްޖަކާމެދު ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލައެއްގެ ތަޙުޤީޤު ނިންމައި 4 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި 4 މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ އެކި ދުވަސް މަތިން ޢުމުރުން 18 އަހަރުންދަށުގެ އަންހެން ކުއްޖަކަށް ގަދަކަމުން ބިރުދައްކައިގެން ބަދުއަޚްލާޤީ އަމަލު ހިންގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން މައުލޫމާތު ދެއެވެ..

މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ފުވަހު ފުލުހުންނަށް ހުށައެޅުނު މި މައްސަލާގައި ތުހުމަތަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ ހއ.އިހަވަންދޫ، ފަހިވާ، މުޙައްމަދު ފިރާޤް (18އ) އާއި ހއ.އިހަވަންދޫ، ޅޮސްމާގެ، ޙުސައިން އައިމަން (19އ) އާއި ހއ.އިހަވަންދޫ، ސިތާރާގެ، ޙުސައިން އަޙްމަދު (19އ) އާއި ހއ.އިހަވަންދޫ، އެވަރބްލޫ، ޙުސައިން ރަޝީދު (29އ) ގެ މައްޗަށް ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިޖުލައި މަހުގެ 21 ވަނަދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355