twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގޯނާކުރި ކެލާ އަންހެނެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

Jul 31, 2013

ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގޯނާކުރި އަންހެނެއްގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ ހއ.ކެލާ، ތޮށިމަތީގެ، ފަހީމާ ޢަލީ (47އ) ގެ މައްޗަށެވެ.

ފަހީމާ ޢަލީގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ ފަހީމާ ޢަލީ މާލޭގައި ދިރިއުޅެމުންދިޔަ ގޭގައި ދިރިއުޅެމުންދިޔަ ޢުމުރުން 11 އަހަރުގެ ކުއްޖަކަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ގޯނާކޮށްފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2013 ޖުލައި 21 ވަނަދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355