އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި 2 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ށ.ފޯކައިދޫ، ވަލުގެ، ޢަލީ މޫސާ (44އ) އަދި ހަމައެރަށު ރިހިތަރި، މުޙައްމަދު އައިމަން (19އ) ގެ މައްޗަށެވެ.
ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު ހުސްވި ޖުލައި މަހުގެ 23 ވަނަ ދުވަހު ޕީޖީއަށް ފޮނުވި މިމައްސަލައާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދޭގޮތުގައި މި ދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ މިއަހަރުގެ މެއި މަހުގެ 24 ވަނަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ފޯކައިދޫ ހޮޓަލެއްގެ ބަދިގެ ތެރޭގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގަން ތިބި މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ހޮޓާ ތެރޭގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ރެޑް ހޭންޑްކޮށެވެ.