twitterviber whatsapp telegramfacebookyoutube instagram
10th April 2026

ރައީސް މައުމޫނު އުތުރުގެ 3 އަތޮޅަށް ކުރައްވާ ދަތުރު ފުޅެއް ފައްޓަވައިފި

Aug 9, 2013

ކެމްޕެއިން ދަތުރުގެ ތެރެއިން މައުމޫން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މިމަހުގެ 11 ގައި

ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލްޤައްޔޫމް އެންމެ އުތުރުގެ 3 އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެޕާޓީގެ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއިދު ހޯދުމުގެ ގޮތުން ކުރައްވާ މިދަތުރުފުޅުގައި ރައީސް މައުމޫނުގެ އަރިހުގައި ޕީޕީއެމް ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވަޑައިގަންނަވަ އެވެ.

ޕީޕީއެމްއިން މައުލޫމާތު ދޭ ގޮތުގައި މިދަތުރުފުޅުގައި އުތުރުގެ ރަށްތަކުން އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ށ ފުނަދޫ އަށެވެ. އެގޮތުން މާދަމާ ހަވީރު ފުނަދޫ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ރައީސް މައުމޫނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 11 ވަނަ ދުވަހުގެ ހަވީރު ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ. އަދި ހަމަ އެރޭ އަފީފުއްދީން ސްކޫލުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއް ގޮތުގައި ރައީސް މައުމޫނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ ދިއްދޫ އަށެވެ. ދިއްދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 12 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355