twitterviber whatsapp telegramfacebookyoutube instagram
4th September 2025

ނޮޅިވަރަމް ދާއިރާގެ މެޖޯރިޓީ އެމްޑީޕީން ނަގާނަން: ނޮޅިވަރަމް ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރު

Aug 10, 2013

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ މެޖޯރިޓީ އެމްޑީޕީން ނަގާނެ ކަމަށް ހދ އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވެއްޖެ އެވެ.

ޒަކަރިއްޔާ މިހެން ވިދާޅުވީ ނޮޅިވަރަމްފަރުގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމަށް ފަހު ކުޅުދުއްފުއްޓަށް ވަޑައިގެން މިނޫހަށް ދެއްވި އިންޓަވިއު އެއްގަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ނޫން އެހެން ބަޔަކު އެ ދާއިރާތަކުގައި ކެމްޕެއިން ނުކުރާ ކަމަށާއި ފަހަކަށް އައިސް ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހާއްސަކޮށް ޒުވާނުން އެމްޑީޕީއާ ގުޅެމުން އަންނަ ކަމަށެވެ.

ހާއްސަކޮށް ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ދާއިރާގެ ރަށްތަކަށް ޒިޔާރަތްކޮށް ކެމްޕެއިން ވަރުގަދަ ކޮށްފައިވާ ކަމަށާއި އެގޮތުން މިހާރުވެސް ހދ. ކުމުންދޫ، ނޮޅިވަރަމްފަރު އަދި ނޮޅިވަރަމަށް ޒިޔާރަަތްކޮށް ކަންމަތީ ޖަލްސާތަކާއި ޑޯޓުޑޯ އަދި އެރަށްތައް ރީނދޫ ކުރުމުގެ ޕްރޮގުރާމުތައް ކުރިއަށް ގެންދާކަމަށް ވިދާޅުވި އެވެ. އަދި ހދ ކުރިނބީ އަށް ޒިޔާރަތް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ ކުރިނބީގައިވެސް ވަރަށް ފޯރިޔާއެކު އެމްޑީޕީން ކެމްޕެއިން ކުރަމުންދާ ކަމަށާއި އެއްބުރުން ކުރިނބީގެ މެޖޯރިޓީވެސް އެމްޑީޕީ ނަގާނެ ކަމަށެވެ. ނޮޅިވަރަމް ދާއިރާގައި ހިމެނެނީ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ކުމުންދޫ އަދި ކުރިނބީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355