twitterviber whatsapp telegramfacebookyoutube instagram
11th August 2026

ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވާ އޮބްޒާވަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ޓްރާންސްޕޭރެންސީގެ ފަރާތުން ހިންގައިފި

Aug 10, 2013

ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވާ އޮބްޒާވަރުން ތަމްރީނު ކުރުމުގެ 1 ދުވަހުގެ ޓްރެއިން ޕްރޮގުރާމެއް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށީގައި ހިންގައިފި އެވެ.

ހުކުރު ދުވަހު ކުރީގެ ގައުމީ އިދާރާގައި ކުރިއަށް ދިޔަ މި ޓްރެއިނިންގ ޕްރޮގުރާމަކީ ހއ، ހދ އަދި ށ އަތޮޅަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. ޓްރެއިނިންގ ޕްރޮގްރާމުގައި ތިން އަތޮޅުގެ ތިރީހަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން މައުލޫމާތު ދެއްވަމުން އައިމަން ވިދާޅުވީ މި ޓްރެއިނިންގ ޕްރޮގުރާމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގައި އޮބުޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީނު ކުރުމަށް ހިންގުނު ޕްރޮގުރާމެއް ކަމަށާއި މިޕްރޮގުރާމުގައި ކިޔަވައިދީފައިވަނީ އިންތިހާބާބެހޭ ގާނޫނޫތަކާއި ގަވައިދުތައް ކަމަށެވެ.

އައިމަނު އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި ބޭއްވުނު މިޕްރޮގުރާމަކީ ވަރަށް ކާމިޔާބު ޕުރޮގުރާމެއް ކަމަށާއި މިހާ ކަނޑު ގަދަ ދުވަސްވަރެއްގައި ވެސް މިސަރައްހަދުގެ ގިނަ ރަށްތަކަކުން ބައިވެރިވެފައިވާތީ އެފަރާތްތަކަށް ޝުކުރުވެރިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޓުރާންޕޭރެންސީ މޯލްޑިވިސް އިން 421 އަށްވުރެ ގިނަ އޮބަޒާވަރުން ވޯޓް ލާ ސަރައްހަދު ތަކުގައި ހަރަކާތްތެރި ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355