twitterviber whatsapp telegramfacebookyoutube instagram
17th May 2025
ADVERTISEMENT

ނަރުހުންގެ އިހްތިޖާޖާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ބަޔާނެއް ނެރެފި

Aug 11, 2013

މިއަދު ކުރެވުނު ނަރުހުންގެ އިހްތިޖާޖާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުޅުދުއްފުށީ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.

ހެލްތު މިނިސްޓްރީން ހެލްތު ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އެކަށައަޅާ ތަންފީޒު ކުރަންފެށި ޤަވާއިދު ތަކާއި ގުޅިގެން ހޮސްޕިޓަލުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މަސައްކަތް ކުރައްވާ ގިނަ މުވައްޒަފުން މިކަމާ ނުރުހުން ފާޅުކޮށް އިހްތިޖާޖު ކުރުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއްކަމަށް މި ބަޔާނުގައި ވެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ސޮއިކުރައްވާ ނެރެފައިވާ މިބަޔާނުގައި ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތް ދޭންތިބި ފަރާތްތަކަށް މިކަމުގެ ސަބަބުން ނުހަނު އުނދަގޫ ވާނޭކަން ފާހަގަކުރައްވާ މުވައްޒަފުން ހިތްހަމަޖެހިގެން ނޫނީ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ނުދެވޭނެކަން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ހެލްތު މިނިސްޓްރީން މުވައްޒަފުންގެ ކަންބޮޑުވުންތައް ބައްލަވައި ސަރުކާރުން މިކަމާ ގުޅުންހުރި ހުރިހައި ފަރާތްތަކެއް ގުޅިގެން އަވަސް ހައްލެއް ހޯދުމަށްވެސް ކައުންސިލްގެ މި ނޫސްބަޔާނުގައި ވަނީ ގޮވާލާފައެވެ.

ކައުންސިލް މިހެން ގޮވާލާފައިވާ އިރު ކައުންސިލް މެމްބަރުން ވަނީ މުވައްޒަފުންގެ މިއަދު ކުރި ހަޅުތާލާ ގުޅިގެން ހޮސްޕިޓަލް މެނޭޖްމަންޓާ ބައްދަލު ކޮށްފަ އެވެ

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com