twitterviber whatsapp telegramfacebookyoutube instagram
11th August 2026

ތިން އަހަރަށްފަހުވެސް މައުމޫނު ވަޑައިގަތުމުން ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔައިފި

Aug 11, 2013

ތިން އަހަރަށްފަހުވެސް ރައީސް މައުމޫނު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން  ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.

އުތުރުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މައުމޫން މިއަދު ހަވީރު ފަހެއް ޖެހިއިރު ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ޖަމާވެ، ހޫނު މަރުހަބާ އެއް ކިޔާފަ އެވެ.

ޕީޕީއެމް ރިޔާސީ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދެއްވުމުގެ ގޮތުން ކުރައްވާ މިދަތުރުފުޅުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނާއި ރަނިންމޭޓް މުހައްމަދު ޖަމީލު އަހުމަދު އަދި އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ރައީސް މައުމޫނުގެ ދެ ދަރިކަލުން ފާރިޝް މައުމޫނާއި ގައްސާނު މައުމޫނު ބައިވެރިވެ އެވެ.

ރައީސް މައުމޫނު ބައިވެރިވާ ޖަލްސާ އެއް މިރޭ ނުވައެއްޖަހާއިރު އަފީފުއްދީން ސްކޫލު ގައި އޮންނާނެ އެވެ. ރައީސް މައުމޫނު އެންމެ ފަހުން ކުޅުދުއްފުއްޓަށް ވަޑައިގަތީ 2010 ވަނަ އަހަރު އެވެ.

[yass cats=30]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355