މުވައްޒަފުންގެ ޑިއުޓީ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން މުވައްޒަފުން އިހުތިޖާޖު ކުރުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕީޓަލްގެ ޑިޢުޓީ ގަޑި ތަކަށް ބަދަލު ގެނެސްފި އެވެ.
ހެލްތު މިނިސްޓްރީގެ ސަކިއުލާއެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޑިއުޓީ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން ހޮސްޕިޓަލްގެ ބައެއް މުއައްޒަފުން ވަނީ ހިތްހަމަނުޖެހިގެން އިއްޔެ ވަނީ އިހުތިޖާޖް ކޮށްފަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުރި މުހައްމަދު ހަސަން ވިދާޅުވީ ސަރކިއުލާ އަށް އަމަލު ކުރުމަށް އެންގި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން އެ ސާކިއުލާގައި ހުރި މައްސަލަތައް މިނިސްޓްރީއާ ހިއްސާ ނުކުރެވުނު ކަމަށާއި ނަމަވެސް ހުރި ކަންބޮޑުވުންތައް އާދިއްތަ ދުވަހު މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށެވެ.
“ކުރިން ދެދުވަހަކީ ވެސް ސަރުކާރު ބަންދު ދެދުވަސް ކަމުން ސަރކިއުލާގައި ހުރި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ކަންތައްތައް މިނިސްޓްރީ އަކަށް ހުށައެއްނޭޅުނު. ޑިއުޓީ ގަޑިތަކަށް ބަދަލު ގެނައުމުން ހޮނިހިރު ދުވަހު ފާހަގަ ކުރެވުނު ދަތިތަކާއެކު އިއްޔެ މިނިސްޓްރީއަށް ހުށައެޅިން.” މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީން ވަނީ އަލުން ޑިއުޓީ ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން ހެނދުނުގެ ޝިފްޓް 7 ގަޑިއިރަށް، މެންދުރު ފަހުގެ ޝިފްޓް 8 ގަޑި އިރަށް އަދި ދަންވަރު ޝިފްޓް 9 ގަޑި އިރަށް ބަދަލު ކޮށްފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ އާއްމުންނަށާއި މުވައްޒަފުންނަށް ދިމާވާ ކޮންމެ ދަތިތަކެއް ހައްލު ކުރުމަށް މިނިސްޓްރީއާ ޕޮލިސީ ލެވެލް ގައި ވާހަކަ ދައްކާ އެކަމެއް ހައްލު ކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމަށެވެ.
މިއަދުން ފެށިގެން އޯޕީޑީ އާއި ލެބޯޓަރީ އަދި ހެނދުނުގެ ނަރުހުންގެ ޑިއުޓީތައް 7:30 ގައި ވަނީ ފަށާފަ އެވެ.