twitterviber whatsapp telegramfacebookyoutube instagram
1st June 2026

ނެރު ފައިކައްޓަށް އެރި ކުރިނބީ ދޯނި ކުޅުދުއްފުއްޓަށް އެހެލައިފި

Aug 13, 2013

ޕީޕީއެމް ފަރާތުން ކުޅުދުއްފުށީގައި ބާއްވި ޖަލްސާއަށް މީހުން ގޮވައިގެން އަންނަނި ކޮށް ކުޅުދުއްފުށީ ނެރު ފައިކައްޓަށް އެރި ކުރިނބީ ދޯނި ކުޅުދުއްފުއްޓަށް އެހެލައިފި އެވެ.

މިދޯނި އެރޭ މެންދަމު ވަނީ އެކްސްކަވޭޓަރެއް ބޭނުން ކޮށްގެން އެހެލާފަ އެވެ. ދޯނި އެހެލިއިރު ދޯނީގެ ދެފަރާތުގެ ބަނޑުފިލާ ފޫގޮސް، ދެފަރާތުގައި ވަނީ ދެ ބާގަނޑު ހެދިފަ އެވެ. އަދި ދޯންޏަށްވަނީ އެކިވަރުގެ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.

ރައީސް މައުމޫނު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ބައިވެރިވުމަށްޓަކައި ކުރިނބީން 34 މީހުންނާއެކު ދަތުރު ކުރި އެރަށު “ހިދުމަތް” ދޯނި އަރާފައިވަނީ ކުޅުދުއްފުށީ ކަނޑިންމާގެ ދެކުނު ފައިކައްޓަށެވެ. މިއޮޑިގައި ގިނައިން ތިބީ އަންހެނުންނެވެ. އަދި 5 އަހަރުގެ ކުއްޖަކުވެސް މިދޯނީގައި އިނެވެ.

ދޯނި ފައިކައްޓަށް އެރިވަގުތު ދޯނި އަރިވުމުގެ ސަބަބުން އެދޯނިން ދަތުރު ކުރި ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.އަދި އެއް އަންހެނަކަށް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދީފަ އެވެ. އެހެންނަމަވެސް އެމީހާ ވަނީ އެރޭ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފަ އެވެ.

ދޯނި ފައިކައްޓަށް އެރިވަގުތަކީ ދިޔަވަރު ހިކި ވަގުތެއް ކަމުން މީހުން ކުޅުދުއްފުއްޓަށް އަރާފައިވަނީ ބޮޑުހިލަތަކުގެ މަތިން ލާފައެވެ. ކުރިނބީ ދޯނި ފަރަށް އެރުމުން އެކަމުގެ ހިތާމާގާ ބައިވެރިވާކަމަށް ރައީސް މައުމޫނާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355