twitterviber whatsapp telegramfacebookyoutube instagram
1st June 2026

ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގައި 8 ވޯޓު ފޮށި ބަހައްޓާނެ: އިލެކްޝަން ފޯކަލް ޕޮއިންޓް

Aug 14, 2013

މުހައްމަދު އަބްދުއްރަހުމާނު

އަންނަ ސެޕްޓެމްބަރ 7 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 8 ވޯޓު ފޮށި ކަމަށް އިލެކްޝަން ކޮމިޝަންގެ ކުޅުދުއްފުށީ ފޯކަލް ޕޮއިންޓުން ބުނެފި އެވެ.

ކުޅުދުއްފުށީ ފޯކަލް ޕޮއިންޓުގެ އޮފިޝަލް އަލީ އިބްރާހީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގައި 8 ވޯޓު ބަހައްޓާއިރު ވޯޓުލާ ބައެއް މަރުކަޒުތަކުގައި ދެ ފޮށި ވެސް ބަހައްޓާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި، ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގައި ކޮންމެ ސްކޫލެއްގައި 2 ވޯޓު ފޮށި ބަހައްޓާއިރު ދެން ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހާއި އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލްގެ އިތުރުން ހދ ރިސޯސް ސެންޓަރުގައެވެ.

ކުޅުދުއްފުށީގައި މިއަހަރު ވޯޓު ލުމުގެ ހައްގު ލިބިފައިވާ 6050 މީހުން ތިބިއިރު، ރަށްވެހިވެފައިވާ ރަށް ފިޔަވައި ކުޅުދުއްފުށީގައި ވޯޓުލުމަށް އެހެން ރަށްރަށުގެ 350 އެއްހާ މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355