twitterviber whatsapp telegramfacebookyoutube instagram
13th February 2026

ރައީސް ނަޝީދު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ

Aug 15, 2013

އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ ކުޅުދުއްފުށީ ގޮފިން ބުނެފި އެވެ.

އެމްޑީޕީ ކުޅުދުއްފުށި މައުލޫމާތު ދޭގޮތުގައި ރައީސް ނަޝީދު ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:15 ގައެވެ. އަދި މިރޭ ރައީސް ނަޝީދު ބައިވެރިވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާ އެއް 9:00 ގައި ޖަލާލުއްދީން ސްކޫލުގައި އޮންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރުމަށް މިހާތަނަށް އެންމެ ގިނަ ފަހަރު ކުޅުދުއްފުއްޓަށް ވަޑައިގަނެފައިވަނީ ރައީސް ނަޝީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355