twitterviber whatsapp telegramfacebookyoutube instagram
27th September 2026

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި

Aug 15, 2013

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން އުތުރުގެ އަތޮޅުތަކަށް ރައީސް ނަޝީދު ކުރައްވައި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް މިއަދު ހަވީރު ވަޑައިގަތުމުން ބަނދަރު މަތީގައި ވަނީ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ލަނގިރި ޖެހުން ކުރިއަށް ގެންގޮސްފަ އެވެ.

ރައީސް ނަޝީދު މިއަދު ހަވީރު ވަނީ އެމްޑީޕީގެ ޒުވާނުންގެ ޖަގަހަ ހުޅުއްވައި ދެއްވާފަ އެވެ. އަދި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް މިރޭ ނުވައެއް ޖަހާއިރު ޖަލާލުއްދީން ސްކޫލުގައި އޮންނާނެ އެވެ.

[yass cats=31]

އިތުރު ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293