twitterviber whatsapp telegramfacebookyoutube instagram
12th May 2025

ގެދޮރުގެ ކަރަންޓް ބިލް 50 އިންސައްތަ ކުޑަކޮށްދޭނަން: ރައީސް ވަހީދު

Aug 16, 2013

ދިވެހިރާއްޖެ އަކީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ހެދުމަށްޓަކައި، ކަރަންޓުގެ 50 ޕަސެންޓަކީ އިޔާދަކުރުވަނިވި ހަކަތަ ކަމުގައި ހަދާ، ގެދޮރުގެ ހަރަދުތައް ކުޑަކޮށް ގެދޮރުގެ ކަރަންޓު ބިލު 50 އިން ސައްތަ  ކުޑަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި “ގައުމައިގެން ކުރިއަށް” ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ ގެދޮރުގެ ހަރަދުތައް ކުޑަކޮށް، ދިރިއުޅުން ފަސޭހަކުރެވޭނެ ފަދަޔަކުން، ގެދޮރުގެ ކަރަންޓު ބިލު 50 އިން ސައްތަ ކުޑަކުރާނެ އެވެ. އަދި ތެލުގެ ހަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މިހާރު ބޭނުންކުރެވޭ ޓެކްސީތައް ތިމާވެއްޓާއި ރައްޓެހި ހައިބްރިޑް ނުވަތަ އިލެކްޓްރިކް ޓެކްސީ އަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އޭގެ އިތުރަށް އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ކޮންމެ މަހަކު ދެމުން އަންނަ 2،000ރ. ގެ އިނާޔަތް 3،500ރ. އަށް ބޮޑުކުރައްވާނެ ކަމަށް ވެސް ރޭ ވަނީ ވައުދު ވެވަޑައިގެންފަ އެވެ.

ދިރިއުޅުމުގެ ބިންގަލުގެ ގޮތުގައި، ކޮންމެ ދިވެއްސަކަށް 7،500 ރުފިޔާގެ ހިއްސާގެ ޕޯޓްފޯލިއޯއެއް ލިބޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށާއި ކޮންމެ ދެމަފިރިއަކަށް އަމިއްލަ ކުރެވޭނެ ބޯހިޔާވަހިކަމެއް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަކީ ވެސް އެމަނިކުފާނުގެ އަޒުމެއް ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355