twitterviber whatsapp telegramfacebookyoutube instagram
9th July 2025

އަފީފުއްދީންގެ ފުރަތަމަ ކެޑޭޓް ކޭމްޕް ބާއްވައިފި

Aug 17, 2013

އަފީފުއްދީން ސްކޫލުގެ ފުރަތަމަ ކެޑޭޓް ކޭމްޕް ބާއްވައިފި އެވެ.

ބުރާސްފަތި ދުވަހު ފެއްޓި މި ކޭމްޕް މިއަދުގެ ނިޔަލަށް ކުރިއަށްދާއިރު މިކޭމްޕުގައި އެސްކޫލުގެ 39 ދަރިވަރަކު ބައިވެރިވެފައި ވެއެވެ.

މިކޭމްޕްގައި ދަރިވަރުން ވަނީ ކުޅުދުއްފުށީ މޫދު އެރޭ ސަރަހައްދު ސާފު ކޮށްފައެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާ އެއް ހިނގައިފި ނަމަ ހަދާނެ ގޮތާއި އަލިފާން ނިވި ބޭނުން ކުރާނެ ގޮތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއުގެ ފަރާތުން ކިޔާ ދެއްވާފައި ވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކޮންބެޓް ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ފަރާތުން ފަސްޓް އެއިޑް ދަސްކޮށްދީފައި ވެއެވެ. އަދި ޑްރިލް ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އަފީފުއްދީން ސްކޫލުން މައުލޫމާތު ދެއެވެ.

އަފީފުއްދީން ސްކޫލުގައި 57 ކެޑޭޓުން ތިބެއެވެ. އަފީފުއްދީން ސްކޫލުގައި ކެޑޭޓު ކުލާސްތައް ނަވައިދެއްވަނީ ކެޑޭޓު މޭޖަރ އަހުމީމް ޒަކަރިއްޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355