twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކުޅުދުއްފުށީގައި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

Aug 18, 2013

ކުޅުދުއްފުށީގައި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ކުޅުދުއްފުށީ، ފިލިގަސްދޮށުގެ ހައްވާ ގާސިމް (އެދުރު ހައްވަ) އެވެ. އެމީހާގެ ސީދާ އުމުރެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރު އުމުރުން 40 ހަށްވުރެ މަތިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ އާއިލާއާ ހަވާލާދީ ކައުންސިލުން ބުނީ އެމީހާ ގެއިން ނުކުމެގެން ދިޔައީ މިއަދު ހެނދުނު ކަމަށާއި އާންމުކޮށް ހަވީރު ވަގުތު ގެއަށް އަންނަ ގަޑި ޖެހުމުންވެސް ގެއަށް އައިސްފައިނުވާތީ ހޯދަން ފެށީ ކަމަށެވެ.

މީހަކު ގެއްލިގެން ހޯދަމުން ދާ ކަން ކުޅުދުއްފުށީ ކައުންސިލަށް އަންގާފައިވަނީ މިރޭ 11 ގެ ފަހުންކަމަށް ކައުންސިލުން ބުނެއެވެ.

ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީގައި ތިއްބަވާ ފުލުހުން އަދި އާންމު ރައްޔިތުން ނިކުމެ މި މީހާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

(އިތުރު ތަފްސީލް އަންނަނީ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355