twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

Aug 18, 2013

ކުޅުދުއްފުށީގައި ރޭ ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ އެވެ.

ރޭ ގެއްލިގެން ހޯދަމުން ދިޔަ 46 އަހަރުގެ ހައްވާ ޤާސިމް (ފިލިގަސްދޮށުގެ) ފެނިފައިވަނީ ރޭ މެންދަމު 1:20 ހާއިރު ކަމަށް ކައުންސިލް މައުލޫމާތު ދެއެވެ.

އޭނާ ފެނިފައިވަނީ ކުޅުދުއްފުށީ އޯކިޑްމަގުގެ ފުއްޓަރުން ކަމަށާއި ފެނުނު އިރު އޭނާ އިނީ ގޮނޑުދޮށުގައި އިށީނދެލައިގެން ކަމަށް އޭނާ ފެނުނު މީހާއާ ހަވާލާދީ ކައުންސިލުން ހާމަކުރެއެވެ.

މި އަންހެން މީހާ ފެނުނު އިރު އެއްވެސް އަނިޔާ އެއް ލިބިފައިނުވާކަމަވެސް ކައުންސިލުން ބުނެއެވެ. މިނާ ފެނުމުން ރޭ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދިނުމަށް ފަހު ވަނީ ގެއަށް ދޫކޮށްލާފައެވެ.

މިއަންހެން މީހާ އަކީ ސިކުނޑި ހަމަ ނުޖެހޭ މީހެއް ކަމުން ދުވަސް ދުވަހުން މީނާ ގެއްލިގެން ހޯދަން ޖެހެއެވެ. މީނާ މިހާރު ހުރީ އާއިލާއާ ހަވާލު ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355