twitterviber whatsapp telegramfacebookyoutube instagram
12th September 2026

އޭޑީއެސްއެލް ހޯމް އަންލިމިޓެޑްގެ މުޅިން އާ ދެ ޕެކޭޖެއް ދިރާގުން ތައާރަފު ކޮށްފި

Aug 18, 2013

ދިރާގުން ދެމުން އަންނަ އޭޑީއެސްއެލް ހޯމް އަންލިމިޓެޑް ދެ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ދިރާގުގެ މި އާ ޕެކޭޖުގެ ސަބަބުން 5 އެމްބީޕީއެސް ސްޕީޑް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ލިބޭނެއެވެ. މި ޕެކޭޖު ބޭނުން ކުރާއިރު މަހުފީގެ އިތުރުން އިންޓަނެޓް ބޭނުންކޮށްގެން އިތުރު އެއްވެސް ހަރަދެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން މިއަދު ތައާރަފުކުރި ޕެކޭޖުގައި ޕްރޯ އަންލިމިޓެޑް 3 އެމްބީގެ ޕެކޭޖުގެ މަހުފީއަކީ 1190ރ. އެވެ. މި ޕެކޭޖުގައި 3 އެމްބީޕީއެސް ސްޕީޑް ލިބެއެވެ. މިއަދު ތައާރަފުކުރި ދެވަނަ ޕެކޭޖް ޕްރޯ އަންލިމިޓެޑް 5އެމް ޕެކޭޖުގައި 5 އެމްބީޕީއެސް ސްޕީޑް ލިބޭއިރު މަހަކު ދައްކަންޖެހެނީ 1490ރ. އެވެ. މި ދެ ޕެކޭޖުގައި ވެސް އިތުރު ޗާޖެއް ނުނަގާ ބޭނުންވަރަކަށް ޑައުންލޯޑް ކުރެވޭނެވެ.

ދިރާގުން ބުނީ މި ޕެކޭޖްތައް ތައާރަފުކުރުމް ކަސްޓަމަރުންގެ އެކި ބޭނުންފުޅުތަކަށް ތަފާތު އެކި ސްޕީޑްތަކުގެ ޕެކޭޖް ނެގުމުގެ ފުރުޞަތު އިތުރަށް ތަނަވަސް ވެގެން ދާނެ ކަމަށެވެ.

ރާއްޖޭގައި މިވަގުތު އެންމެ ފުޅާދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ދިރާގުގެ އިންޓަނެޓް ހިދުމަތުގައި ހޯމް އޭޑީއެސްއެލްގެ ތަފާތު 10 ޕެކޭޖް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293