ކުރިނބީގައި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ޖަލްސާއެއް ބާއްވާފައިފި އެވެ.
ޕީޕީއެމް ކުރިނބީ އަޒުމު ގޮފީގެ ރައީސް ކުޅުދުއްފުށި އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕީޕީއެމް ކުރިނބީ ޖަގަހާގައި ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ހާއްސާ ޖަލްސާ އެއް ބޭއްވި ކަމަށާއި ޕާޓީއަށް މީހުން ވެއްދުމާއި ސޮއި ކުރުމުގެ ކަންތައްތައް ޖަގަހައިގައި މިހާރު ކުރިއަށްދާ ކަމަށެވެ.
ޕީޕީއެމް އަޒުމު ގޮފީގެ ރައީސް މުހައްމަދު އަފްރާހު ވިދާޅުވީ މި ޖަގަހައިގައި އެކި ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ހުންނާނެ ކަމަށެވެ. އެގޮތުން ރާޒުވާ، ތިންހަމަ އަދި ތާސް ފަދަ ކުޅިވަރުތައް ކުޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން ވެސް ކެމްޕޭން ކުރުމުގެ ގޮތުން ޑޯޓުޑޯ ކެމްޕޭންތައް ކުރިއަށް ގެންދިއުމާއި ކެމްޕެއިން އެކި ހަފުލާތައް ޖަހަގައިގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްރާހު ވިދާޅުވީ ހދ. ކުރިނބީގެ މެޖޯރިޓީ ޕީޕީއެމަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ކުރިނބީގެ މެޖޯރިޓީ ޕީޕީއެމަށް ލިބިފައި އޮތްކަން އިންތިހާބުތަކުން ފެންނަމުން ދާ ކަމަށް އަފްރާހު ވިދާޅުވި އެވެ.