twitterviber whatsapp telegramfacebookyoutube instagram
10th April 2026

ނޮޅިވަރަމް ޕުރީ ސްކޫލްގެ ޤުރުއާން މުބާރާތް ބާއްވައިފި

Aug 19, 2013

ހދ ނޮޅިވަރަމް ޕުރީ ސްކޫލްގެ ޤުރުއާން މުބާރާތް ބާއްވައިފި އެވެ.

ނޮޅިވަރަމް ޕުރީ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި އެ ރަށު ކައުންސިލުގެ ރައީސް  ޝާފިއު މުހައްމަދު ވިދާޅުވީ މި މުބާރާތަކީ ތުއްތު ކުދިންގެ މެދުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ރޫހު އާލާކުރުމުގެ ގޮތުން ބޭއްވި މުބާރާތެއް ކަމަށެވެ.

މި މުބާރާތަކީ ކުރިން ރަމަޟާން މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެއްސި މުބާރާތެއް ނަމަވެސް މުބާރާތް ލަސް ވެގެން ދިޔައީ ރަށު ތެރޭގައި ފެތުރުނު ރޯގާ އަކާ ގުޅިގެން ދެ ހަފުތާއަށް ސްކޫލް ބަންދު ކުރަން ޖެހުމުން ކަމަށް ޝާފިއު ވިދާޅުވި އެވެ.

ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ ވަކިން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 140 ދަރިވަރަކު ވަނީ ކިޔަވާފަ އެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ބުރާސްފަތި ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355